Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބޮޑު ރެޑިޝްގެ ރެކޯޑް ޖަޕާނުން އާކޮށްފި

މިހާތަނަށް އެންމެ ބޮޑު ރެޑިޝެއް ހައްދައިގެން ޖަޕާނުން ހަދާފައި އޮތް ރެކޯޑެއް އެ ގައުމުން މުގުރާލައިފި އެވެ.

ކުރީގެ ރެކޯޑް މުގުރާލި ރެޑިޝް އަށް ވުރެ، އާ ރެޑިޝް ގާތްގަނޑަކަށް 15 ކިލޯ ބަރެވެ. އޭގެ ބަރުދަނުގައި ހުރީ 45.865 ކިލޯ އެވެ. ތަރުކާރީގެ ބާވަތެއް ކަމަށްވާ، ބިޔަ ރެޑިޝްއެއް ހައްދައިގެން ޖަޕާނުން ފުރަތަމަ ރެެކޯޑް ހެދީ 2003 ގަ އެވެ.

އޭގެ 20 އަހަރު ފަހުން އެ ރެކޯޑް މުގުރައިލި ރެޑިޝް ހެއްދީ މެންޑާ ފާމެންޓޭޝަން ކޯ ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން މި ރެޑިޝް މުޑުއްވަކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

ރެޑިޝްއެއްގެ އެވްރެޖް ބަރުދަނީ ގާތްގަނޑަކަށް 340 ވަރަކަށް ގްރާމެވެ.

މީގެ ކުރިން ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބިޔަކޮށް ހައްދައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވެ އެވެ.