Last Updated: April 27, 10:10
Saturday, April 27, 2024
ޚަބަރު

މާލޭގައި ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު މިއަދު މާލޭގައި ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ.

ކަދުރު ބަލައި ދާ އިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ.

އިސްކާމިކް މިނިސްޓްރީން ބުނި ގޮތުގައި ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ދިނުމަށް ފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ބަހާއިރު، ސައުދީން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުންނެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެ އަށް މިއަހަރު ހަދިޔާ ކުރީ 50 ޓަނުގެ ކަދުރެވެ.