Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ޑްރަގް މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަމުންދަނީ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ) އެވެ.

ފުލުހުން ބުނީ އަކުރަމް ހޯދަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމަށް އަކްރަމަށް އަންގާފަ އެވެ.