Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އައްޑޫގައި މަދިރި ނައްތާލަން ދުން ޖަހަނީ

އައްޑޫގައި މި ދުވަސްވަރު ޑެންގީ ހުން ފެތެރެމުންދާތީ އެ ބަލިން ރައްކާތެރިކަން ހޯދުމަށްޓަކައި މަދިރ ނައްތާލަން މަދިރި ދުން ޖަހަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާނެއްގައި ބުނީ ދުން ޖެހުމުގެ މަސައްކަތް މާދަމާ އިން ފެށިގެން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. ކައުންސިލުން ބުނީ މިއީ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށާއި ބޭނުމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މަދިރި މަދުކުރަން އަވަސް ފިޔަވަޅުތަކެއް އެޅުން ކަަމަށެވެ.

މަދިރީގެ ޒަރީރާ އިން ޖެހޭ ޑެންގީ ހުން އައްޑޫގައި ފެތެރުމުންދާތީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން ވަނީ އާންމުން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

މަދިރި ނައްތާލަން މާދަމާ އިން ފެށިގެން ދުން ޖަހަން ނިންމި އިރު، އައްޑޫގެ މަގުތައް ހެދުމުގެ ގޮތުން ކޮނުވެފައިވާ ކާނުތަކުގައި ފެންހެދި އެތަންތަނުގައި މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އެބައޮތެވެ.