Last Updated: April 19, 21:12
Friday, April 19, 2024
ރިޕޯޓް

ރޯދަ ރަހަ: ލެމަން ޕައި

* ބޭނުންވާ ތަކެތި:

1 ޖޯޑު ހަކުރު
2 ސައިސަމުސާ ފުށް
3 ސަމުސާ ކޯން ފްލާ
¼ ސަމުސާ ލޮނު
 ½ 1 ޖޯޑު ފެން
2 ލުނބޯ (ބޮޑު ލުނބޯ)
2 ސަމުސާ ބަޓަރު
4 ބިހުގެ ރީނދޫ ބައި
1 (9 އިންޗި) ޕައި ކްރަސްޓް
4 ބިހުގެ ހުދުބައި
4 ސަމުސާ ހަކުރު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޕަައި ތައްޔާރު ކުރުމުގެ ކުރިން 350 ޑިގްރީ އަށް އަވަން ހޫނުކޮށްލަން ޖައްސާލާށެވެ.

ޕައި ތައްޔާރުކުރުމަށް ލުނބޯގެ ބޭރު ތޮށި ގާނާފައި ތައްޓަކަށް އަޅާފައި ބަހައްޓާށެވެ. ދެން ދެ ފަޅިކޮށްލުމަށް ފަހު އޭގެ ހުތް ބޯތައްޓަކަށް ނަގާލާށެވެ. އެއަށް ފަހު ތެއްޔަކަށް ހަކުރު، ފުށް، ކޯންފްލާ، ލޮނު، ފެން، ލުނބޯ ހުތް، އަދި ގާނާފައި ހުރި ލުނބޯގެ ތޮށި، އަޅައިގެން ހޭންޑް މިކްސަރަކުން ގިރަމުން މަޑު ގިނީގައި ކައްކާށެވެ.

ރަނގަޅަށް އޮލަވާހެން ކެކެން ފެށުމުން ބަޓަރު ކޮޅު ވެސް އަޅާލާށެވެ. ދެން ބޯ ތައްޓަކަށް ބިހުގެ ރީނދޫ ބައި އެޅުމަށް ފަހު ހޭންޑް މިކްސަރަކުން ގިރުމަށް ފަހު، އެ ބައިވެ ސް ތެއްޔަށް އަޅާ ހަލަމުން ދާށެވެ. ރަނގަޅަށް ކެކި އޮލަވުމުން އުނދުން މަތިން ބޭލުމަށް ފަހު، ޕައި ކްރަސްޓް މަތީގައި ފަތުރާލާށެވެ.

އެއަށް ފަހު ބިހުގެ ހުދުބައި ވިޕްކޮށްލާށެވެ. ދެން ޕައިގެ މަތީ ލޭޔަރަށް އެ ބައި އެޅުމަށް ފަހު 10 މިނިޓަށް ފިހެލާނީ އެވެ.