Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސްރީ ލަންކަން އިން ގަމަށް ރެކޯޑް އަދަދަކަށް މުދާ

ސްރީ ލަންކަން އެއާލައިންސުން އައްޑު ރެކޯޑް އަދަދަކަށް މުދާ އެތެރެކޮށްފި އެވެ.

އެ އެެއާލައިންގެ ރާއްޖޭގެ އޭސް ޓްރެވެލްސްގެ ސްމެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހަކީ ސްރީ ލަންކަން އިން ގަމަށް އެންމެ ގިނަ މުދާ ގެނައި ދުވަސް ކަމަށެވެ. އެގޮތުން އެ ދުވަހު އެކަނި ވެސް އެގޮތުން 4.4 ޓަނުގެ މުދާ ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ނެރޯ ބޮޑީ މަދިންދާޓެއްގައި ހަތަރު ޓަނަށް ވުރެ ގިނަ މުދާ ކޮލަމްބޯއިން ގަމަށް ގެނައި ފުރަތަމަ ފަހަރު." އޭނަ ވިދާޅުވި އެވެ. "ދެކުނުގެ އަތޮޅުތަކަށް ތާޒާކޮށް ތަކެތި ގެނެސްދިނުމުގައި ސްރީ ލަންކަންއިން ދެމި ތިބޭނޭ."

ސްރީ ލަންކަން އިން ގަމާއި ކޮލޮމްބޯއާ ދެމެދު ހަފުތާ އަކު ސީދާ ތިން ދަތުރު ބާއްވަ އެވެ. އެއީ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

އެއާލައިނުން ގަމަށް ޝެޑިއުލް ދަތުރުތައް ފެށީ 2016 ގަ އެވެ. އަދި މިއީ މި ވަގުތު ގަމަށް ޝެޑިއުލް ދަތުރު ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިން ވެސް މެ އެވެ.