Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

ހަނދާނަކަށްޓަކައި މި ފޮޓޯ އަށް ބަލާލަމާ

މި ފޮޓޯގައި މި ފެންނަނީ 1980 ގެ ތެރޭގައި އައްޑޫގެ ގަމުގެ މަންޒަރެކެވެ. ފޮޓޯ އިން ތިން މީހަކު ފެނެ އެވެ. އޭގެ ތެރެއިން ދެ މީހަކީ ސިފައިންގެ މީހުންނެވެ.

އެކަމަކު އެ މީހުންގެ ވާހަކަ އެއްފަރާތްކޮށްފައި ފޮޓޯގައި ސިފައިންގެ ބޭކަލުންގެ ވެހިކަލްތަކަަށް ނިކަން ބަލައިލަބަލާށެވެ. އެއް ބޭކަލު އިން ސައިކަލުގެ ނަމްބަރު ޕްލޭޓާއި އަނެއްކާ ބޭކަލު ލެގިލައިގެން އިން ކާރުގެ ނަމްބަރު ޕްލޭޓުން އާކޮށް ދެނީ ކޮން ކަމެއް ހެއްޔެވެ؟

މިއީ ރާއްޖޭގައި ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓްތަކުގައި ދިވެހި އަކުރު ބޭނުންކުރި ޒަމާނެވެ. އޭގައި ލިޔެފައި އެ އިން ދ އަކީ ދިވެހި އެވެ. ރ އަކީ ރާއްޖެ އެވެ. ދރ. އަކީ އެ ޒަމާނުގައި ނަމްބަރު ޕްލޭޓް ރަޖިސްޓްރީކުރަން ބޭނުން ކުރަމުން އައި ގޮތެވެ. އެކަމަކު އެއީ މިހާރު މާޒީ އެވެ.

ރާއްޖޭގައި މިހާރު ދިވެއްސަށް ވުރެ ބޮޑަށް އިސްކަން ދެވެނީ އިނގިރޭސި ބަހަށެވެ. އެހެންވެ ނަމްބަރު ޕްލޭޓްތަކުގައި ވެސް މިހާރު ބޭނުން ކުރަނީ އިނގިރޭސި އަކުރެވެ. މިކަހަލަ ކިތަންމެ ބަދަލެކެވެ.

އެކަމަކު މާޒީގެ މިފަދަ ހަނދާންތައް އާކޮށްލުމުން ދިވެހިންގެ ދިވެހިންވަންތަކަމާއި އަމިއްލަވަންތަކަން ވެސް ހަނދާނަށް ގެނެވޭދޯ އެވެ؟