Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ހެރީ ޕޮޓާ ބައްޕައަކަށް ވަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު ސީރީޒް "ހެރީ ޕޮޓާ" ގެ ޓައިޓްލް ރޯލު ކުޅުނު އިނގިރޭސި އެކްޓަރު ޑެނިއަލް ރެޑްކްލިޕް ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފި އެވެ.

އުމުރުން 33 އަހަރުގެ އެކްޓަރު ބުނީ އޭނަ އާއި ބައިވެރިޔާ އެރިކް ޑާކް، 38، އަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމަށާއި އެރިން ވިހާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. ރެޑްކްލިފާއި އެރިން ރައްޓެހިވީ ދެ މީހުން އެކީގައި ކުޅުނު 2013 ގެ ފިލްމު "ކިލް ޔޯ ޑާލިންސް" ގެ ސެޓުން ދިމާވެގެންނެވެ.

އަށް ބަޔަކަށް ގެނެސްދިން "ހެރީ ޕޮޓާ" ކުޅެގެން ރެޑްކްލިފް މަޝްހޫރުވި އިރު، އޭނަގެ އުމުރަކީ 12 އަހަރެވެ. މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ބައޮގްރަފިކަލް ޕެރޮޑީ ފިލްމު "ވިއަޑް: ދި އަލް ޔަންކޮވިކް ސްޓޯރީ" އެވެ.

ރެޑްކްލިފްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވީ ޑޫ ނޮޓް ފޮގެޓް" އާއި "މިސް ސަރަޔެވޯ" ހިމެނެ އެވެ.