Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އޭއީއެޗްގައި ދަރިމައިނުވުމާ ގުޅޭ އާ ހިދުމަތެއް

އޭއީއެޗްގެ އަންހެނުންގެ ޑޮކްޓަރުންގެ ޓީމްގައި ހިމެނޭ ޑރ. ސަވާނާ ޝަރުމާ ޕްރަދާން.

އިންފާޓިލިޓީ ނުވަތަ ދަރިން ނުލިބުމުގެ މައްސަލަތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އާ ހިދުމަތެއް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިންފާޓިލިޓީ ކްލިނިކްގައި އަލަށް ފެށި ހިދުމަތަކީ އިންޓްރޯޓެރީން އިންސެމިނޭޝަން (އައިޔޫއައި) އެވެ. އެގޮތުން މި ޕްރޮސީޖާއާ ބެހޭ ގޮތުން ހޮސްޕިޓަލްގެ ކަމުގެ ތަޖުރިބާކާރުގެ ޑޮކްޓަރުންގެ ޓީމެއްގެ ވާހަކަތައް ޔޫޓިއުބް ވީޑިއޯއަކުން ހިއްސާކޮށް، އައިޔޫއައިއާ ބެހޭ ގޮތުން އާންމުކޮށް އުފެދިދާނެ މުހިއްމު ސުވާލުތަކަށް ޖަވާބު ދީފައިވެ އެވެ.

އައިޔޫއަކީ ދަރިމައިނުވާ މީހުން މިހާރު ދަރިން ހޯދަން ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނަ ޕްރޮސީޖާއެކެވެ. އެގޮތުން އިން-ވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް) ގޮތަށް އައިޔޫއައި މެދުވެރިކޮށް ދަރިން ހޯދާ މީހުން ރާއްޖޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ.