އައްޑޫ ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އޭ ކެޓަރީގެ 27 ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފ އެވެ.
ދާއިމީ ލިސްޓް އާންމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން މިދިޔަ މަހު ފުރުސަތު ދިނުމަށް ފަހު އެވެ. އޭ ކެޓަގަރީގެ 27 ފްލެޓަށް ހުޅުވައިލުމުން 41 މީހަކު ފޯމި ހުށަހެޅި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމީދޫގައި 48 ފްލެޓް ހަދާފައިވެ އެވެ. ބީ ކެޓަގަރީން ފްލެޓްތައް ލިބުނު މީހުންނާ މިދިޔަ އަހަރުގެ ފަހުކޮޅު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިތަދޫގައި ވެސް 264 ފްލެޓް ހެދި އެވެ. އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.