Last Updated: May 13, 11:39
Tuesday, May 13, 2025
ޚަބަރު

ޔޫއޭއީއިން ރާއްޖެއަށް 100 އިފްތާރު ޕެކޭޖް ހަދިޔާކޮށްފި

ޔޫއޭއީއިން ރާއްޖެއަށް އިފްތާރު ޕެކޭޖްތަކެއް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޔޫއޭއީ ސަރުކާރުން އިފްތާރު ޕެކޭޖްގެ ޖުމްލަ 100 ޕެކޭޖް ހަދިޔާކޮށްފައިވާ ކަމަށެވެ.

މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. ޕެކޭޖް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން އަންނަނީ ރޯދަ އަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.