Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ވެލާނާ އެއާޕޯޓްގެ ރަންވޭ ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: ގޫގުލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރަންވޭ ބަންދު ކުރީ އެއާޕޯޓަށް މިއަދު މެންދުރު ޖެއްސި ފްލައި ދުބާއީގެ މަތިންދާ ބޯޓުގެ ފުރޮޅު ފަޅައިގެން ދިޔުމާ ގުޅިގެންނެވެ.

އެ ހާދިސާގައި އެ ބޯޓުގައި ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް އަނިޔާ ވެފައި ނުވާ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.

މި ހާދިސާއާ ގުޅިގެން ވެލާނާ އެއާޕޯޓުގެ ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު ހަވީރު 5 ޖެހުމާ ހަމައަށް ރަންވޭ ބަންދުވާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އަދި އަލުން އޮޕަރޭޝަންސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.