Last Updated: April 20, 16:20
Saturday, April 20, 2024
މުނިފޫހިފިލުވުން

އަޖޭގެ "މައިދާން" ގެ ޓީޒާ ބުރާސްފަތީގައި

ރިލީޒްކުރުޔން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" ގެ އާ ޕޯސްޓަރަކާ އެކީ އެ ފިލްމު ރިލީޒްކުރަން ނިންމާފައިވާ އާ ތާރީހު އިއުލާންކޮށްފި އެވެ.

ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 23 ގަ އެވެ. މި ފިލްމަކީ 2020 އިން ފެށިގެން އެކި ފަހަރު މަތިން ތާރީހުތައް ބަދަލު ކުރަމުން އަައިސްފައިވާ ފިލްމެކެވެ. "މައިދާން" ގެ ޓީޒާ ބުރާސްފަތި ދުވަހު އާންމުކުރާނެ އެވެ.

"މައިދާން" އަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ދައްކުވައިދޭނެ ނެ އެއްޗެކެވެ. އޭނަގެ ރޯލު އަޖޭ ކުޅެފައިވާ ފިލްމުގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖޯ ރާއޯ، ރުދުރަނިލް ގޯޝް އަދި އަރިއަން ބޯމިކް ހިމެނެ އެވެ. އަދި މީގެ ވަރަށް ހާއްސަ ފެނިލުމަކުން އަކްޝޭ ކުމާރު ވެސް ފެންނާނެ އެވެ.

ބޯނީ ބުނެފައިވާ ގޮތުގައި "މައިދާން" އަކީ މިހާތަނަށް އަޖޭގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެންދާނެ ހުނަރުވެރި، ކާމިޔާބު އެކްޓަރުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަށް ވާނެ އެވެ. މީގެ ޑައިރެކްޓަރަކ 2018 ގެ އެންމެ ބޮޑު އެއް ހިޓްގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން ޑައިރެކްޓަރެވެ.

މި އަހަރު ރިލީޒްވާ އަޖޭގެ ފުރަތަމަ ފިލްމަކީ ބުރާސްފަތި ދުވަހު ސިނަމާތަކަށް ދޫކޮށްލާ "ބޯލާ" އެވެ. މިއީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމެވެ. "މައިދާން" ގެ އިތުރުން މި އަހަރުގެ އަޖޭގެ "އޯރޯ މޭ ކަހާ ދަމް ތާ" ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

މިދިޔަ އަހަރުގެ އަޖޭގެ ފަސް ފިލްމެއް ރިލީޒްވި އެވެ. އަދި އެ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކާމިޔާބެވެ.