Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

ރޯދަ ރަހަ: ބަނާނާ ރާސްބެރީ މަފިން

* ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް
3/4 ޖޯޑު ބްރައުން ޝުގާ
1/2 2 ސަމުސާ ބޭކިން ޕައުޑާ
1/2 ސައިސަމުސާ ބޭކިން ސޮޑާ
1/4 ސައިސަމުސާ ލޮނު
2 ބިސް
1 ޖޯޑު ދޮންކެޔޮ (ޗިސްކޮށްފައި)
1/3 ޖޯޑު ތެޔޮ
1/3 ޖޯޑު ކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
3/4 ޖޯޑު ރާސްބެރީ

* ތައްޔާރު ކުރާނެ ގޮތް:

ފުށް، ބްރައުން ޝުގާ، ބޭކިން ޕައުޑަ، ބޭކިންގް ސޯޑާ އަދި ލޮނު އެއްކޮށްލާށެވެ. ދެން ބިސް، ދޮންކެޔޮ، ކިރު، ތެޔޮ އަދި ވެނީލާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ރާސްބެރީގެ އެއްބައި މިކްސްގަނޑުގެ ތެރެއަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.

މަފިން ޓްރޭއަށް ސްޕްރޭ ކުރުމަށް ފަހު މިކްސްޗާ އަޅާފައި ބާކީހުރި ރާސްބެރީތައް މައްޗަށް އަޅާށެވެ. އެއަށް ފަހު 180 ޑިގްރީގައި 20 މިނެޓަށް ފިހެލާނީ އެވެ.