Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

700،000ރ. ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އޮފީހެއް ފަޅާލައިގެން 700،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެންވޭރު އިމާރާތެއްގެ ފުރަތަމަ ބުރީގެ އޮފީހެއް ފަޅާލައި، 700،000ރ. އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 23 ގައި ކަމަށެވެ. މި މިއްސަލައިގެ ތުޙުމަތުގައި މާލެ އިން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ އިއްޔެ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ދިރިއުޅުނު ތަން ބަލައި ފާސްކޮށް ވަގަށް ނެގި ފައިސާގެ ތެރެއިން 500،000ރ. ލައްކައަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.