Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ޓެކްސް ބޮޑުކުރުމުގެ ހެޔޮ ނަތީޖާ އެބަފެނޭ: ޝަރީފް

ޓީޖީއެސްޓީ ބޮޑުކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެ އުސޫލަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ޝަރީފް ވިދާޅުވީ ޓީޖީއެސްޓީ ދެ ޕަސެންޓް އިތުރު ކުރުމުގެ ހެޔޮ ނަތީޖާ ދައުލަތުގެ އާމްދަނީން ފެންނަމުންދާ ކަމަށެވެ. އަދި އޭގެ މަންފާ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުން ފެނިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.

މި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 31 އެވެ.

ޓެކްސް ބޮޑުކުރާ ބިލް ރައީސް ތަސްދީގު ކުރެއްވީ އެކަމާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިދިކޮޅި މެމްބަރުން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ޓެކްސް ބޮޑުކުރާތީ ރައީސް ސޯލިހާއި ސަރުކާރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.