Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ

އެމްއެންޑީއެފުން މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 12 ޖަހާއިރު ހަވާއަރުވަން ހަމަޖެހިފައިވަނީ މާލޭގައި އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 6 މިނެޓަށެވެ.