Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޖޭޕީ އާއި ނަަޝީދު ފެކްޝަންގެ ދެވަނަ ބައްދަލުވުން މިރޭ

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު ބާއްވާ ދެވަނަ މަޝްވަރާ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

ޖޭޕީން ބުނި ގޮތުގައި ދެވަނަ ބައްދަލުވުން އެ ޕާޓީގެ ހެޑްކުއާޓަރުގައި އޮންނާނީ މިރޭ 9:30 ގައި ކަމަށެވެ.

ޖޭޕީއާ ނަޝީދު ފެކްޝަނުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށާއި އަދި މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.