Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ޖަޕާނުގެ ދެ މަނަވަރެއް ރާއްޖެ އަށް

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ތިން ދުވަހުގެ މުއްދަތަށް މި ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެއް ކަމަށެވެ.

މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުޙަބާ ދެންނެވުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުވަނީ މިދެ މަނަވަރަށް ޒިޔާރަތްކޮށް މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުންވެސް ވަނީ ބައިވެރިވެފަ އެވެ.