Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ލޮލުގެ 4 ބޭހަކަށް ސަމާލުވާން އެދިއްޖެ

ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވުމަށް މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.

އެތަނުން ސަމާލު ކަމަށް ގެނައި ބޭސްތަކުގެ ތެރޭގައި ހިމެނެނީ އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓާޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހެކެވެ. އް ހިމެނެއެވެ.

އެމްއެފްޑީއޭ އިން ބުނީ ލޮލަށް އެޅުމަށް ބޭނުންކުރާ މި ބޭސްތަކަކީ އިމްޕޯޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ. އެހެންވެ އެމެރިކާގައި އުފައްދާ އެ ބޭސްތައް، ސިޓީ އަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް އެތެރެކޮށްފައި ހުރެދާނެތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެ ކުރާ އިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބޭސްތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.