Last Updated: April 30, 10:22
Tuesday, April 30, 2024
ޚަބަރު

ޑްރަގާ އެކު ހިތަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓާއެކު ހިތަދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހިތަދޫގައި މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތަށް ހުރި ގޮތުން އޭނާ ހުއްޓުވާ ބަލައި ފާސް ކުރި އިރު އޭނާ ހުރި ސަރަހައްދު ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ފެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 22:10 ހާއިރު އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.