Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ގާސިމް ދަރިންނާ އެކީ "ލޯބި" ވީޑިއޯއެއް

ޖުމްހޫރީ ޕާޓީ ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ދަރިންނާ އެކީ ފެންނަ "ލޯބި" ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު ގާސިމްގެ ފޭސްބުކް ޕޭޖްގަ އެވެ. "ބްލިސްފުލް" ޖަހާފައި ޝެއާކުރި ވީޑިއޯ އަށް ވަރަށް ގިނަ މީހުން ކޮމެންޓްކޮށްފައިވެ އެވެ. ބެލެވޭ ގޮތުން މި ވީޑިއޯ ނަގާފައި ވަނީ މާމިގިލީ އެއާޕޯޓްގަ އެވެ. އޭގައި ފެންނަނީ ދަރިންނަށް ރަންވޭ މަތިން ގާސިމް މަރުހަބާ މަރުހަބާ ވިދާޅުވާ ތަނެވެ.

މިއީ ގާސިމްގެ އެންމެ ހަގު ދަރިންނެވެ. އެ ކުދިން ދުވަމުން ގޮސް ބައްޕަގެ ގައިގައި ބައްދާލަ އެވެ. އެއީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ގާސިމްގެ ހަގު ދަރިންގެ މަންމަ އަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ދަރިންނަށް ވަރަށް އުފަލާއި ލޯތްބާ އެކީ ގާސިމް މަރުހަބާ ވިދާޅުވާ އިރު، ވީޑިއޯ އިން އަލީ ރަމީޒް ކިޔާފައިވާ މަދަހަ "ކުޑަކުޑަ ދަރިފުޅު ރޯލުމުން" ވެސް އަޑު އިވެ އެވެ.

އެ ކުދިންނާ އެކީ ވަޑައިގެން ގާސިމް ލޯންޗަކަށް އަރުއްވާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.