Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސިފައިންނަކީ ރައްޔިތުންގެ ދިފާއީ އައްޑަނަ: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

ސިފައިންނަކީ ދިވެހި ރައްޔިތުންގެ ދިފާއީ އައްޑަނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ ކަމަށެވެ. އަދި ތާރީޚް ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ކެރޭ، ހިތްވަރުގަދަ، ޢަޒުމުނުގުޑާ އަދި އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވާން ތައްޔާރަށް ތިއްބެވި ބައެއްކަން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ތިޔައީ ދިވެހީންގެ ފަޚުރުވެރި ދިފާޢީ ބާރެވެ." ގާސިމް ވިދާޅުވި އެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ސިފައިންގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން- ޤައުމުގެ ހަމަޖެހުން" އެވެ.

ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހު އެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.