Last Updated: April 27, 08:54
Saturday, April 27, 2024
ދުނިޔެ

ޗެޓް ޖީޕީޓީއާ ވާދަކުރަން ގިގަޗެޓް ނެރެފި

އެމެރިކާގެ ޗެޓް-ޖީޕީޓީއާއި ވާދަ ކުރުމަށް ރަޝިއާގެ ސްބާބޭންކުން ގިގަޗެޓްގެ ނަމުގައި އޭއައި ޗެޓް ބޮޓެއް ނެެރެފި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެތަށް ބައެއްގެ ޝައުޤުވެރިކަން ދަމައިގަތް، ޗެޓް-ޖީޕީޓީ އަކީ މައިކްރޮސޮފްޓް ކުންފުނީގެ ދަށުން ހިންގާ އޯޕަން އޭއައި ކުންފުނީގެ އުފެއްދުމެކެވެ. ޗެޓް ޖީޕީޓީ އަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނުވީ ވިސްނުން ބޭނުން ކުރުމުގެ ޤާބިލްކަން ލިބިފައިވާ ޗެޓް ބޮޓެކެވެ. މި ޗެޓް ބޮޓު ތަޢާރަފް ވުމާއެކު ގިނަ ބައެއްގެ ޝައުޤުވެރިކަން ދަމާއިގެންފައިވާއިރު މަސައްކަތް ކުރުމުގެ ވައްޓަފާޅިއަށް މީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބުނެއެވެ.

ސްބާބޭންކުގެ ގިގަޗެޓް ފުރަތަމަ ނެރުނީ، ދަޢުވަތަށް ލިބިގެން އެކަނި ބޭނުން ކުރެވޭ ގޮތަަށެވެ. ނަމަވެސް އާންމުކޮށް ގިިގަޗެޓް ރިލީޒްކޮށްފައިވާއިރު، އޭގެ އެންމެ ބޮޑު ތަފާތަކީ ރަޝިއާ ބަސް އެހެން ހުރިހާ ޗެޓް ބޮޓް ތަކާއި ޚިލާފަށް ރަނގަޅަށް ގިގަޗެޓް އަށް ބޭނުން ކުރަން އެނގުން ކަމަށް ސްބާބޭންކުން ބުނެއެވެ.

ރަޝިއާގެ ސްބާބޭންކުން-

ރަޝިއާގެ ސްބާބޭންކުން ދާދިފަހުން ވަނީ ޓެކްނޮލޮޖީގެ ދައިރާއަށް ވަރަށް ބޮޑަށް އިންވެސްޓްކޮށްފައެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަޝިއާއިން އިމްޕޯޓަށް ވެފައި އޮތް ބަރޯސާ ކުޑަ ކުރުން ކަމަށް އެބޭންކުން ބުނެއެވެ. މިއީ ހުޅަނގު ޤައުމުތަކުން ރަޝިއާއަށް ފިޔަވަޅު އަޅަމުންދާއިރު އެ ޤައުމު ކުރިއަރުވަން މަޖުބޫރުވެފައިވާ ކަމެއް ކަމަަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.

ޗެޓް-ޖީޕީޓީއާއި ވާދަ ކުރުމަށް ރަޝިއާއިން ޗެޓް ބޮޓެއް ނެރުނު އިރު، ޗައިނާގެ އަލީ ބާބާ ކުންފުނިންވެސް ވަނީ އޭއި ޗެޓްބޮޓެއް ތަޢާރަފްކޮށްފައެވެ.