Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޝާޔާ އަށް ނައިބު ރައީސް ހިތްވަރު ދެއްވައިފި

މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޮ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރާ ނައިބު ރައީސް ފައިސަލް ނަސީމު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ޝާޔާއާ އެކީ ބޭއްވި އިއްޔެ ބައްދަލުވުމުގައި އޭނަގެ މައިންބަފައިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެޑައިގެންނެވި އެވެ.

މިސްރުގެ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ޝާޔާ ދެވަނަ އަށް ދިޔައީ ފެބްރުއަރީގައި މުބާރާތުގައި ވާދަކޮށެވެ. އަދި މުބާރާތުގެ އިނާމުގެ ދިނުމުގެ ހަފުލާގައި މިދިޔަ ހަފުގައި ޝާޔާ ބައިވެރިވެ، މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީގެ އަތްޕުޅުން ދެއްވި އިނާމާ ހަވާލުވި އެވެ.

މިސްރުގެއި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" ގެ ނުބަލައި ކިޔެވުމުގެ ގޮފިން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށެވެ.

އެ ބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ.

ޝާޔާ ވަނީ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 2019 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. އޭނަ ޤުރުއާން ހިތުދަސްކޮށް ނިންމާލީ އުމުރުން 9 އަހަރުގަ އެވެ.