Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ސިޔާމް މި ފަހަރު ބީޗްގައި އަސް ދުއްވާލަނީ

ރާއްޖޭގެ މަޝްހޫރު ރިސޯޓް ވިޔަފާވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ބީޗްގައި އަސް ދުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

މި ފޮޓޯތައް އާންމުކޮށްފައި ވަނީ ސިޔާމް ވޯލްޑް ރިސޯޓްގަ އެވެ. އެތަނުގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި މިއަދު އާންމުކުރި ފޮޓޯގައި ފެންނަނީ ރިސޯޓްގެ ބީޗްގައި ސިޔާމް ކަޅު ކުލައިގެ އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެން އަސް ދުއްވާ ތަނެވެ. އެކަމަކު މިއީ އެމްޑީއޭގެ ލީޑަރު އަހުގައި އުޅުއްވަނިކޮށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަހުގައި ސިޔާމް ހުކުރަށް ވަޑައިގަންނަވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން އެއަށް ހުއްޓުނެވެ.

ސަން ބްރޭންޑްގެ ދަށުން ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން އަންނަ ސިޔާމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ.