Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

މޫސުން ގޯސް: ދެކުނަށް ވައިޓް އެލާޓް

މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ލ .އަތޮޅުން އައްޑުއާ ހަމައަށެވެ. މި އެލާޓް ނެރެފައި ވަނީ ހެނދުނު 10:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކެވެ.

ވިއްސާރަވާން ފަށާފައި މި ވަނީ ހޫނު ގަދަ ދުވަސްތަކަކަށް ފަހު އެވެ. އަދި ވާރޭ ނުވެހި ދުވަސްތަކެއްވުމާ ގުޅިގެން ބައެއް ރަށްރަށުން ވާރޭ ފެން ހުސްވެ، ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.