Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އިންޑިއާގެ އިތުރު ބޭހަކަށް ސަމާލުވާން އެދިއްޖެ

އިންޑިއާގައި އުފައްދާފައިވާ ކެއްސާ ބޭހުގެ އިތުރު ބާވަތަކަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ އިންޑިއާގެ ޕަންޖާބުގެ ކުންފުންޏެއް ކަމަށްވާ ފާމަޗެމް ލިމިޓެޑުން އުފައްދާފައިވާ ގޯފެނިސިން ޓީޖީ ސީރަޕަކީ ތައްޔާރުވެފައިވާ އުފެއްދުމެއް ކަމަށެވެ. އެގޮތުން އެ ބޭހަކީ ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނައިން ޑައިތެލީން ގްލިކޮލް އާއި އެތިލީން ގްލިކޮލް ހިމެނޭ ބޭހެއް ކަމަށް ބުންޏެވެ.

އެހެންވެ އެ ބޭހުގެ ސަބަބުން ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތި އޮވެދާނެތީ ބޭނުން ނުކުރަން އިލްތިމާސްކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން އެގޮތަށް އެންގީ މާޝަލް އައިލޭންޑްސްއަށާއި މައިކްރޮނެޝިއާ އަށް ގެންދިޔަ ގޯފެނިސިން ޓީޖީ ސިރަޕްގެ ބެޗްގެ މައްސަލަތަކެއްގައި ހުރިކަން ފާހަގަކުރެވިގެން ރިޕޯޓްކުރުމާ ގުޅިގެން ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ފަހު އެވެ. ނަމަވެސް މި ބޭސް ބޭނުންކޮށްގެން އެއްވެސް މީހަކަށް ގެއްލުންވި ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ގޯފެނިސިން ޓީޖީ ސީރަޕް އުދައްދާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިހާތަނަށް ބޭރުކުރި ގޯފެނިސިން ޓީޖީ ސިރަޕްފެ ކޮންމެ ބެޗަކީ ވެސް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ބޭރުކުރި ބެޗެއް ކަމަށެވެ. އެހެންވެ ބޭހުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގައި އުފައްދާފައިވާ ކެއްސާ ބޭސްތަކެއް ބޭނުންކޮށްގެން ސިއްހީ މައްސަލަތަކެއް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު ގެމްބިއާ އުޒްބެކިސްތާންގެ ކުދިންތަކެއް އިންޑިއާގެ ބޭސްތަކެއް ދީގެން މަރުވެފައިވެ އެވެ.