Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ދަރިފުޅު ކެންސަރުގައި، މަންމަ އެދެނީ އެހީއަކަށް

ބޭނުން ވަނީ ދަރިފުޅުގެ ކެންސަރުގެ ފަރުވާ ރާއްޖޭން ބޭރަށް ދާން އާންމުންގެ އެހީއެކެވެ. މިއީ އަށް ކުދިން ތިބި އަޒީޒާ އަހުމަދުގެ މި ވަގުތުގެ އެންމެ ބޮޑު އާދޭހެވެ.

އޭނަގެ އަށް ކުދިންގެ ތެރެއިން އެންމެ ހަގު އަންހެން ދަރިފުޅު އާމިނަތު އަލީ އާދަމް (އާމީ) ކެންސަރުގެ ޝިކާރަކައަކަށްވެ، ޖެހިފައި ވަނީ އެކަމަށް ފރުވާ ހޯދާށެވެ. އުމުރުން 10 އަހަރުގެ މި ކުއްޖާގެ ބަނޑުގައި އުފެދުނު ޓިއުމަރެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ނަގައިފަ އެވެ. އެއީ އާންމުންގެ އެހީތެރިކަމާ އެކީ އިންޑިއާ އަށް ގޮސްގެންނެވެ.

އިތުރު ޓެސްޓްތަކާއި ފަރުވާ އަށް އަނެއްކާ ވެސް އިއޮތޯ އިންޑިއާ އަށް ފުރަން ޖެހިފަ އެވެ. އަޒީޒާ ބުނި ގޮތުގައި އޭނ އާއި ދަރިފުޅަށް އާސަންދަ އިން އޮތީ ދަތުރުގެ ހަރަދު ހަމަޖެހިފަގ އެވެ. އެކަމަކު އެ މީހުންނާ އެކީ އިތުރު އެހީތެރި އެކު ދޭން ޖެހޭތީ ދތުރުގެ ހަރަދާއި ކެއުމުގެ ހުރުމުގެ ހަރަދަށް އިތުރަށް ފައިސާ ބޭނުންވެ އެވެ. ނަމަވެސް އާއިލާގައި އެވަރުގެ ފޯރުންތެރި ކަމެއް ނެތެވެ.

އެހެންވެ އަޒީޒާ އެދެނީ އަނެއްކ ވެސް އާންމުންގެ އެހީއަށެވެ.

"އާސަންދަ އިން ދަތުރު ހަމަޖެހިފައި އިނީމަ އެ މީހުން އަންގާ އިރަށް ފުރަން ޖެހޭ. އަދި އަހަރެމެން އެކީ އިތުރު މީހަކު ގެންދަން ޖެހޭތީ އެކަމަށް ބޭނުން ފައިސާ ވީހާ ވެސް އަވަހަކަށް ބޭނުންވޭ." އޭނަ "އައްޑޫ ލައިވް" އަށް ބުންޏެވެ.

އަޒީޒާ ބުނި ގޮތުގައި ކުރިން ވެސް އިންޑިއާ އަށް ދިޔައީ އާންމުންގެ ދީލަތި އެހީގަ އެވެ.

"އެހެންވެ މި ފަހަރު ވެސް އާންމުންގެ އެހީތެރިކަން ވަރަށް ބޭނުން. އެ މީހަކަށް ވެވުނު ވަރަކުން ކޮންމެ މީހަކު ވެސް އެހީއެއް ދިނުމަކީ ވަރަށް ބޮޑު އާދޭހެއް." އޭނަ ބުންޏެވެ.

އަޒީޒާ ކިޔައިދިން ގޮތުގައި އާމީ އަށް ކެންސަރު ޖެހުނުކަން އެނގުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ވޭނުގެ ތެރެއަށް އެންމެ ހަގު ދަރިފުޅު ވެއްޓި ކުއްޖާގެ ކިޔެވުމަށް ވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. އާމީ އަށް މި އަހަރުގެ ފުރަތަމަ ޓާމްގައި ވެސް ސްކޫލަށް ވެސް ދެވުނީ އެންމެ ހަފުތާ އަކު އެވެ.

އަޒީޒާގެ ކުދިންގެ ތެރެއިން އިތުރު ތިން ކުއްޖަކު ވެސް ސްކޫލަށް ދެ އެވެ. ފިރިމީހާ އަކީ ދޯންޏެއްގެ ކެޕްޓަނެކެވެ. އާއިލާ މާލޭގައި ދިރިއުޅެނީ ކުއްޔަށެވެ. ފޯރުންތެރިކަން ކުޑަ އެވެ.

އެހެންވެ އަޒީޒާ އަށް މި ވަގުތު އޮތް އެންމެ ބޮޑު ހިތްދަތި ކަމަކީ ކުއްލި ގޮތަކަށް ކެންސަރު ޖެހުނުކަން އެނގުނު ދަރިފުޅުގެ ފަރުވާ އަށް "ސަލާންޖެހުމެވެ."

އަޒީޒާ އަށް ފައިސާގެ އެހި ދޭން ބޭނުންވ މީހުންނަށް މި ދެ ނަމްބަރަށް ފައިސާ ޓްރާންސްފާކުރެވޭނެ އެވެ. ރުފިޔާ އެކައުންޓަކީ 7712440985101 އެވެ. ޑޮލަރު އެކައުންޓަކީ 7770000081206 އެވެ.