Last Updated: June 9, 07:00
Friday, June 9, 2023
ދުނިޔެ

"އިންޑޮމީ" ނޫޑްސްލް ރައްކާތެރި ވާނެ

އިންޑޮނީޝިއާގެ މަޝްހޫރު ނޫޑްލްސްގެ ބްރޭންޑެއް ކަމަށްވާ "އިންޑޮމީ" ގައި ކެންސަރަށް މަގުފަހިވާ ފަދަ މާއްދާތަކެއް އެކުލެވޭ ކަމަށް ބުނެ މެލޭޝިއާ އާއި ޓައިވާނުން ނެރުނު އެލާޓްތަކާ ގުޅިގެން އެކަން އިންޑޮމީން ދިފާއުކޮށް އެވެ.

އެ ނޫޑްލްސް ނެރޭ ކުންފުނި، އިންޑޯފުޑުން ބުނީ "އިންޑޮމީ" ނޫޑްލްސް އަކީ ރައްކާތެރިކަމުގެ ހުރިހާ މިންގަނޑުތަކަށް ފެތޭ އުފެއްދުމެއް ކަމަށާއި އޭގައި އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށެވެ. އަދި "އިންޑޮމީ" އަކީ އިންޑޮނީޝިއާގެ ޑްރަގް އެންޑް ފުޑް ކޯންޓްރޯލްގެ މިންގަނޑަށް އުފައްދާ އެއްޗެއް ކަމަށެވެ.

"އެހެންވީމަ އިންޑޮމީގައި ސިއްހަތަށް ނުރައްކާވެދާނެ ކަހަލަ އެއްވެސް މާއްދާއެއް ނުހުންނާނެކަން ކަަށަވަރުކޮށް ދެން. އަދި އަބަދު ވެސް އަހަރެމެންނަކީ އުފެއްދުންތައް ތައްޔާރުކުރުމުގައި ހުރިހާ ގައިޑްލައިންތަކަށް އަމަލުކުރަމުން އަންނަ ރައްކާތެރި ކަމަށް ވަރަށް އިސްކަންދޭ ބަައެއް." އިންޑޯފުޑުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުންފުނީގެ ކޮންމެ އުފެއްދުމަކީ އިންޑޮނީޝިއާ އާއި އިންޓަނޭޝަނަލް ސްޓޭންޑާޑަށް ފެތޭ ހުރިހާ ގޮތަކުން ސިއްހަތަށް ރައްކާތެރި އުފެއްދުންތަކެވެ.

"އިންޑޮމީ" ނޫޑްްލްސް އަކީ ދުނިޔޭގެ 90 އަށް ވުރެ ގިނަ ގައުމުގައި ވިއްކަމުން އަންނަ އާންމުންގެ ތެރޭގައި މަގުބޫލު އުފެއްދުމެކެވެ.