Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

"ރަން ތާޖު" ގެ ފިނާލޭ މިރޭ

ރާއްޖެ ޓީވީން ރޯދަ މަހު ގެނެސްދޭން ފެށި ޤުރުއާން މުބާރާތް "ރަން ތާޖު" ގެ ފިނާލޭ މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ރާއްޖެ ޓީވީއާ ގުޅިގެން ފެށި މުބާރާތުގެ ފިނާލޭ މިރޭ 8:30 ގައި ގެނެސްދޭނީ ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

"ރަން ތާޖު" ގެ މުބާރާތުގެ އޮޑިޝަންގައި 111 މީހުން ބައިވެރިވެ، މުބާރާތަށް ހޮވީ 20 ބައިވެރިންނެވެ. ފިނާލޭ އަށް ފަސް ބައިވެރިއަކު ވާދަކުރެ އެވެ.

* މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ
* ޔައީޝް މުހައްމަދު ނިޔާޒް، މާލެ
* ފާތިމަތު ތުގާ ހަލީމް، މާލެ
* މުހައްމަދު މުސްތަފާ، ބ. އޭދަފުށި
* އަހުމަދު ސުޖާއު، ހއ. ހޯރަފުށި

"ރަން ތާޖު" މުބާރާތު އެއްވަނަ އަށް 300،000ރ. ދެވަނަ އަށް ދާ ބައިވެރިއަކަށް 100،000ރ. އަދި ތިންވަނަ އަށް 75،000ރ. ލިބޭނެ އެވެ.