Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

"ރަން ތާޖު" ގެ އެއްވަނަ ސާއީ އަށް

ރާއްޖެ ޓީވީން ރޯދަ މަހު ގެނެސްދޭން ފެށި ޤުރުއާން މުބާރާތް "ރަން ތާޖު" ގެ އެއްވަނަ މުޙައްމަދު ސާއީ މުބާރިކް ހޯދައިފި އެވެ.

ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ޙާޞިލްކުރި ސާއީ އަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މުބާރާތުން 2 ވަނަ ޙާޞިލް ކުރި ފާތިމަތު ތުޤާ ޙަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މުބާރާތުގެ 3 ވަނަ ޙާޞިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

"ރަން ތާޖު" މުބާރާތު އެއްވަނަ އަށް 300،000ރ. ދެވަނަ އަށް ދާ ބައިވެރިއަކަށް 100،000ރ. އަދި ތިންވަނަ އަށް 75،000ރ. ދީފައިވެ އެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.