Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އިންޑިއާގެ މި ބޭހަށް ސަމާލުވާން އެދިއްޖެ

އިންޑިއާގައި އުފައްދާފައިވާ ކެއްސާ ބޭހުގެ އިތުރު ބާވަތަކަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިދިޔަ މަހުގެ ތެރޭގައި އަންގާފައި ވަނިކޮށް އެ ބޭހަށް ސަމާލުވުމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް އަންގައިފި އެވެ.

މި ބޭހަކީ ޕަންޖާބުގެ ކުންފުންޏެއް ކަމަށްވާ ފާމަޗެމް ލިމިޓެޑުން އުފައްދާފައިވާ ގޯފެނިސިން ޓީޖީ ސީރަޕް GUAIFENESIN SYRUP TG އެވެ. އެ ބޭހަކީ ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނައިން ޑައިތެލީން ގްލިކޮލް އާއި އެތިލީން ގްލިކޮލް ހިމެނޭ ބޭހެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބޭހަކީ ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީ އަށް ނުވަތަ އެނޫން ވެސް ގޮތަކުން ރާއްޖެ އަށް ބޭސް އެތެރެވުމުގެ ފުރުސަތު އޮތުމާ އެކީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަށް އިމްޕޯ ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ،

މީގެ ކުރިން ވެސް އިންޑިއާގައި އުއްދާފައވާ ކެއްސާ ބޭހުގެ ތިން ސިރަޕެއްގައި ނުރައްކާތެރި މާއްދާއެއް ހުރެގެން އެކަން އެފްޑީއޭ އިން ސަމާލުކަމަށް ގެނެސްފައިވެ އެވެ.