Last Updated: October 4, 22:10
Wednesday, October 4, 2023
ޚަބަރު

ދިއްދޫ ފަރަށް ދެ އުޅަނދެއް އަރައިފި

ހއ. ދިއްދޫ ފަރަށް ދެ އުޅަނދެއް އަރައިފި އެވެ.

އެ ރަށު ފަރަށް އަރާފައި ވަނީ ބާޖަކާއި ޓަގް ބޯޓެކެވެ.

ދިއްދޫ ކައުންސިލުން ބުނީ އެ އުޅަނދު ފަރަށް އެރީ އިއްޔެ ހެނދުނު ކަމަށެވެ. މި އުޅަނދަކީ އެ ރަށު ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން ދިޔަ އިންޑިއާގެ ޓަގު ބޯޓަކާއި، ބާޖެކެވެ.

ބާޖު ރޭގެ ދަންވަރު ފުންކުރެވުނު ނަމަވެސް ޓަގު ބޯޓް އަދިވެސް އޮތީ ފަރުމަތީގަ އެވެ.

ދިއްދޫގެ އިރުމަތީ ފަރާތު ފަރަށް ދެ އުޅަނދު އެރި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ) ގެ ސަމާލުކަމަށް ވެސް ކައުންސިލުން ވަނީ ގެ ގެނެސްފަ އެވެ. އެތަނުން ބުނީ އެކަން ބަލަމުން އަންނަ ކަމަށާއި އިންޑިއާ އިން އިތުރު ބޯޓެއް ގޮސް މިރޭގެ ވަގުތެއްގައި ޓަގް ބޯޓު ފުން ކުރެވޭނެ ކަމަށެވެ.