Last Updated: June 2, 06:59
Friday, June 2, 2023
ޚަބަރު

ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ފަރެއްގެ މަތިން ނެގީ ޓަނަކަށް ވުރެ ބަރު ދަލެކެވެ. މިކަހަލަ ހިތްދަތު މަންޒަރު ރާއްޖޭގެ ކަނޑުފަޅުތަކުން ފެނުމަކީ އާންމު ކަމެކެވެ. އެކަމަކު މިއީ ރާއްޖެ ކަހަލަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކުން ފެންނަ ވަރަށް ސީރިއަސް މައްސަލަތަކެވެ.

އަނެއްކާ ވެސް ތިލަވެފައި މިއޮތީ މިފަދަ މައްސަލައެކެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ ބާވަތެއް ކަމަށްވާ ފަހުރިއްގެ ބޮލާ ދިމާލުގައި ބޮޑު ވާގަނޑެއް އައްސާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފަރުމަތިން ބިޔަ މަސްދާ ނެގި ގޮތަށް އައްސާފައި އޮތް ވާގަނޑު ފެހުރިހަ މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ. އެއާ އެކީ އެ ކަސްތޮޅުން އެ ސަލާމަތްކުރި މީހުންނަށް މިހާރު އަންނަނޫ ތައުރީފު އޮހެމުންނެވެ.

ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވެސް ފެހުރިހަ ސަލާމަތްކުރި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފެހުރިއްސެއްގެ ކަރުގައި އެޅިފައި އޮތް ވަލެއް ނައްޓާ މަންޒަރު ފެންނަ ވީޑިއޯގައި ހަރަކާތްތެރިވި ޑައިވަރުންގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރަން ފަށައިފިއެވެ.

ތ. އޮޅުގިރި ކަނޑުން ފެނުނު މި ފެހުރިހި ސަލާމަތްކުރީ ތިން ޑައިވަރަކު ވެގެންނެވެ.