Last Updated: May 18, 17:52
Saturday, May 18, 2024
ޚަބަރު

ދިވެހިންނަށް ވިސާއާ ނުލައި ކެމްބޯޑިއާ އަށް ދެވޭނެ

ފޮރިން މިނިސްޓްރީ-- ފޮޓޯ: ރައީސް އޮފީސް

ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ކެމްބޯޑިއާ އަށް ދަތުރު ކުރެވޭނެ ގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.

ކެމްބޯޑިއާ އިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފެށީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު މިއަހަރުގެ ޖެނުއަރީ މަހު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުންނެވެ.

އެގައުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިން ނަމަވެސް، ދިގު މުއްދަތަށް ދަތުރުކުރާ މީހުންނާއި ވިޔަފާރި އަދި ތައުލީމު ހާސިލުކުރަން ދަތުރުކުރާ މީހުން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.