Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފަތުވާ ކޮމިޓީ އެކުލަވާލައިފި

އިސްލާމީ ފަތުވާ މަޖިލީހަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވާ މިހާރު ފަތުވާ މަޖިލީހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ކޮމިޓީއަށް މިހާރު ރައީސް ހަތަރު މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެމަޖިލީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތަފްސީލެއް މިއުވާން ނުދެއްވަ އެވެ.

ފަތުވާ މަޖިލީހަށް މެމްބަރުން މި އައްޔަން ކުރެއްވީ އެމަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް ފިޔަވައި ދެން ތިއްބެވި މެމްބަރުންގެ މަގާމުގެ މުއްދަތު ހުސްވެ އެމަގާމުތައް ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުންނެވެ.