Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

އޭބީޔޫ މީޑިއާ ސަމިޓް ރާއްޖޭގައި

މި އަހަރު ބާއްވާ 7 ވަނަ އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިން ޔުނިއަން އޭބީޔޫ) މީޑިއާ ސަމިޓް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

"އޭބީޔޫ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަ ޕްރިވެންޝަން" އޮންނާނީ މި މަހުގެ 9 އާއި 10 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

އޭބީޔޫ މީޑިއާ ސަމިޓް އިންތިޒާމު ކުރަނީ އޭބީޔޫ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިންނެވެ.

މިއަހަރުގެ ސަމިޓް ކުރިޔަށް ގެންދާނީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ މައްޗަށެވެ. މި ސަމިޓްގައި ގާތްގަނޑަކަށް 150 ފަރާތުން ބައިވެރިވާނެ އެވެ. ކަމަށް އޭގެގެ ތެރޭގައި ރާއްޖެ އާއިރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނެއެވެ. ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި އިސްކޮށް ހަރަކާތްރެތިވާ ފަރާތްތަކާއި މޫސުމީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާތައް ބާއްވާނެ އެވެ.

އޭބީޔޫ މީޑިއާ ސަމިޓް ފުރަތަމަ ބޭއްވީ 2014 ގައި އިންޑޮނޭޝިއާގެ ޖަކާޓާގައެވެ. އަދި އެންމެ ފަހުން ސަމިޓް ބޭއްވީ 2021 ގައި އޮންލައިންކޮށެވެ.

އޭބީޔޫ އުފެދުނީ 1964 ވަނަ އަހަރު އެވެ. މީގެ ބޭނުމަކީ އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވުމެވެ. އޭބީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ސައުތް ކޮރެއާ ހިމެނޭހެން 70 އަށްވުރެ ގިނަ ގައުމު ހިމެނެ އެވެ.