Last Updated: July 27, 06:11
Saturday, July 27, 2024
ދުނިޔެ

ގޫގުލްގެ ފަތްޖެހޭ ފޯނު 10 ގައި

މަޝްހޫރު ޓެކް ކުންފުނި، ގޫގުލްގެ ފުރަތަމަ ފަތްޖެހޭ ފޯނު ނެރެން ތައްޔާރުވެއްޖެ އެވެ.

އޭގެ ކުރު ވީޑިއޯއެއް ވެސް ދައްކާލައި އެ ކުންފުނިން ފަތްޖެހޭ ފޯނު ލޯންޗްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 10 ގައި ކަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މި ފޯނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެކަމަކު ގޫގުލް އިން އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި މިއީ ވާޓިލަކޮށް، ފަތްޖަހާލެވޭނެ އަދި ޓެބްލެޓެއް ގޮތަށް ބޭނުން ކުރެވޭނެ އެއްޗެކެވެ.

އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލް އަކީ ކުރިން ވެސް ސްމާޓްފޯނުތަކެއް ނެރެފައިވާ ކުންފުންޏެވެ. އެގޮތުން އެ ކުންފުނީގެ ޕިކްސެލް ފޯނުތައް އާންމުންގެ ތެރޭގައި މަގުބޫލެވެ.

ގޫގުލް އިން ފަތްޖެހޭ ފޯނެއް މި ނެރެނީ ފޯނު އުފައްދާ ވަރަށް ގިނަ ކުންފުނިތަކުން މި ޒާތުގެ ފޯނުތަކެއް މާކެޓަށް ނެރެފައިވާތާ އަހަރުތަކެއް ފަހުންނެވެ. އެކަމަކު ގޫގުލް އިން ފަތްޖެހޭ ފޯނަށް ގެންނަ ތަފާތުތަކަކީ ކޮބައިތޯ ބަލައިލުމުގެ ޝައުގުވެރިކަން އާންމުންގެ ތެރޭގައި ބޮޑެވެ.