Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ހަނިމާދޫ ގެތަކަށް ޑަސްބިން ހަދިޔާކޮށްފި

ކުނިވާ ޒާތުގެ ކުނި އެޅުމަށް ހާއްސަކޮށްގެބް ހދ. ހަނިމާދޫ ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް ޑަސްބިން ހަދިޔާކޮށްފިއެ ވެ.

ހަނިމާދޫ ކައުންސިލުން ބުނީ ގެތަކަށް ޑަސްބިން ބަހަން ނިންމީ، ކުނިވާ ޒާތުގެ ކުނި ފަސޭހަކަމާ އެކު ނައްތާލުމަށް އެހީތެރުވެދީ ޕްލާސްޓިކާ ދުރުވާން ބާރު އެޅުން ކަމަށެވެ. ކަމަށެވެ.

ހަނިމާދޫގެ ކޮންމެ ގެއަކަށް ކައުންސިލުން ހަދިޔާކުރީ 50 ލީޓަރުގެ ޑަސްބިނެވެ، ހަދިޔާކޮށްފައެވެ. އެގޮތުން 500 ޑަސްބިނާ އެކު އެ ޑަސްބިން ބޭނުންކުރާނެ ގޮތާއި، ޑަސްބިނަށް އަޅާނެ ކުނީގެ މައުލޫމާތު ހިމެނޭ އަތު ފޮތެއް ހަދިޔާކޮށްފައިވެ އެވެ.

ކައުންސިލްގެ ބަޖެޓުން މިކަމަށް 250،000ރ. ކަނޑައެޅި ނަމަވެސް ޑަސްބިން ހަދިޔާކުރަން ހޭދަވީ 129،000ރ. އެވެ. .

ގޭބިސީތަކަށް ހަނިމާދޫ ކައުންސަލުން ޑަސްބިން ހަދިޔާކުރި އިރު، މީގެ ކުރިން ކައުންސިލުން ވަނީ ގެތަކަށް ވަނީ އާންމު ކުނި އެޅުމަށް ހާއްސަ 250 ލީޓަރުގެ ޑަސްބިން ވެސް ބަހައިފަ އެވެ. ހަނިމާދު އަކީ އާބާދީގައި 2،869 މީހުން އުޅޭ ރަށެކެވެ.