Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ދިއްދޫ ފަރަށް އެރި ޓަގް ފުންކޮށްފި

މިދިޔަ ހޯމަ ދުވަހު ހއ. ދިއްދޫ ފަރަށް އެރި އެމްއެމް އެކްސްޕޯޓްގެ ޓަގު ބޯޓް ފުންކޮށްފި އެވެ.

މުތާ ޕްރިންސަސް ނަމަކަށް ކިޔާ ޓަގު ބޯޓު ބޯޓް ފުންކުރީ ބުރާސްފަތި ދުވަހު ދިއްދު އަށް ދިޔަ އެހެން ޓަގެއްގައި ކަފު ޖަހައި ދަމައިގެން ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ޓަގު ބޯޓާ އެކު ހިލަބަރުކޮށްގެން ދިއްދު އަށް ދިޔަ ބާޖެއް ވެސް ފަރަށް އެރި އެވެ. ނަމަވެސް ބާޖު ފަރަށް އެރިތާ މާ ގިނަ އިރެއް ނުވެ އެ ފުންކޮށްފައިވެ އެވެ.

ޓަގު ބޯޓް ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލައި ފިޔަވަޅު އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ.