Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

ބޭބެގެ މަރަށް ފަހު ކޮއްކޮ ސިފައިންގެ ހިދުމަތަށް

ސިފައިންގެ ތަމްރީނެއް ހަދަމުން ދަނިކޮށް ނިޔާވި ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ކޮއްކޮ ހަސަން ފަރީދު ސިފައިންގެ ހިދުމަތާ ގުޅުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެކަމަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ލ. އަތޮޅު މާބައިދު އަށް އުފަން ފާރިޝް ނިޔާވީ މެއި 30، 2021 ގަ އެވެ. އޭނަ ނިޔާވީ އެ ދުވަހުގެ ހަވީރު ތަމްރީނަކަށް މޫދަށް އެރި އުޅެނިކޮށް އޮއެގަނޑެއްގެ ތެރެއަށް ދަމައި ގަނެގެންނެވެ.

އެ ހާދިސާ އިން އާއިލާ އަށް ލިބުނު ހިތްދަތިކަމާއި ފާރިޝް ނެތުމުގެ ފަޅުކަމާ އެކީ އާއިލާ އިން މިހާރު ފާރިޝްގެ ކޮއްކޮ ސިފައިންގެ ހިދުމަތަށް ނެރެފަ އެވެ. ފަރީދު ވަނީ ސިފައިންގެ ހިދުމަތާއި ގުޅި، ސިފައިންގެ މެރިން ކޯގެ ބޭސިކް ޓްރެއިނިން ވެސް ފުރިހަމަކޮށްފަ އެވެ.

މިކަމާ ގުޅިގެން ޝަމާލް ވަނީ ފަރީދުގެ އާއިލާ އަށް ޝުކުރާއު މަރުހަބާ ދަންނަވައިފަ އެވެ. އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ދޮށީ ދަރިފުޅު ގެއްލުމުން މަންމަ ހަރިއްޔާ އަބްދުލް ގާދިރު އޭނަގެ ހަގު ފިރިހެން ދަރިފުޅު ގައުމީ ހިދުމަތަށް ނެރެދިން ކަމަށްޓައި ޝުކުރު އަދާކުރައްވައިފަ އެވެ.