Last Updated: May 4, 18:12
Saturday, May 4, 2024
ޚަބަރު މޯލްޑިވިއަން

މޯލްޑިވިއަނުން އަލުން ދަރަވަންދު އަށް ދަތުރު ފަށަނީ

ގައުމީ އެއަލައިން މޯލްޑިވިއަން އިން އަލުން ބ. ދަރަވަންދޫއަށް ދަރުރު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިގު މުއްދަތަކަށް ފަހު ދަރަަވަންދޫއަށް އަލުން ދަތުރު ފަށާއިރު ދުވާލަކު ފްލައިޓެއް އެލުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ދަރަންވަންދޫއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ. އަދި މޭއި 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓު، މޯބައިލް އެޕް، ކޯލް ސެންޓަރ އަދި ޓިކެޓު އެޖެންޓުން މެދުވެރިކޮށް ޓިކެޓު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ މޯލްޑިވިއަންއިން ބުނެއެވެ.

ދަރަވަންދޫއަށް މިހާރު ދަތުރު ކުރަނީ މަންތާ އެއާ އާއި ފްލައިމީއެވެ.

މޯލްޑިވިއަން އިން ބުނީ ބ. އަތޮޅަށް މޯލްޑިވިއަން ދަތުރު ފެށުމުން އާއްމުންނަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

މޯލްޑިވިއަން އިން އަންނަނީ އެ ކުންފުނިން ކުރިން ބޭނުން ކުރަމުން އައި ޑޭޝް 8 މަތިންދާ ބޯޓުތަކުގެ ބަދަލުގައި އޭޓީއޭއާރު މަރުކާގެ ބޯޓުތަކަށް ބަދަލު ކުރަމުންނެވެ. އެއާއި އެކު ހިދްމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.