Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

އައްޑޫ ނޭޗާ ޕާކަށް ބައިސްކަލާއި ބަގީ ހޯދަނީ

އައްޑޫ ހިތަދޫ ނޭޗާ ޕާކަށް ބަގީތަކާއި ބައިސްކަލްތަކެއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ނޭޗާ ޕާކަށް ހޯދަން ބޭނުން ވަނީ 20 ބައިސްކަލާއި ދެ ބަގީ ކަމަށެވެ. އެހެންވެ މި ތަކެތި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާ ރަޖިސްޓްރީކުރެވޭނީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ.

ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.

ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 21 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި ކަމަށެވެ. އަދި ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.