Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

ސައުދީގެ ޤުރުއާން މުބާރާތަކަށް ހުޅުވާލައިފި

ސަޢުދި އަރަބިއްޔާގައި ބާއްވާ 43 ވަނަ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މުބާރާތް އޮންނާނީ މައްކާގައި އަންނަ އޮގަސްޓް މަހުގެ 25 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 6 އަށެވެ.

އެ މުބާރާތުގައި ރާއްޖޭން ބައިވެރިވާން ދެ ފުރުސަތެއް ލިބިފައިވާތީ އެކަމަށް ޝައުގުވެރިވާ ފިރިހެނުންނަށް މިހާރު ވަނީ އެޕްލައި ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ސުންގަޑި އަކީ އަންނަ މަހުގެ 6 ކަމަށާއި މުބާރާތުގައި ކުރިން ބައިވެރިވެފައިވާ މީހަކަށް ބައިވެރިއެއް ނުވެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވެނީ 25 އަހަރު ނުވާ ފިރިހެނުންނަށެވެ.

މުބާރާތުގައި ބައިވެރިން ހޮވާނީ އެކަމަށް އެދި ހުށައަޅާ މީހުންނަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބާއްވާ އިމްތިހާނަކަށް ފަހު އެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ މީހުން ވާން ޖެހޭނީ ޤުރުޢާން އެއްކޮށް ހިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާތިބިއްޔާ އާއި ތައީސީރުގެ މަގުން ތަވާވުރުވެގެންވާ 7 ޤިރާއަތަށް ކީރިތި ޤުރުޢާން ތަޖުވީދުގެ މަގުން ކިޔަވަން އެނގޭ، މުޅި ޤުރުޢާން އެއްކޮށް ހިތުދަސް ކޮށްފައިވުމާ އެކު ޤުރުޢާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގޭ އަދި މުޅި ޤުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާ އެކު ކީރިތިޤުރުޢާން ތަޖުވީދުގެ މަގުން ކިޔަވަން އެނގޭ މީހުންނަށެވެ. މީގެ އިތުރުން ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހތުދަސްކޮށްފައިވުމާ އެކު ތަޖުވީދުމަގުން ކިޔެވަން އެނގެން ޖެހޭނެ އެވެ.

ބޭރުގެ ޤުރުއާން މުބާރާތްތަކުން ރާއްޖޭން ބައިވެރިވެ އަންނަނީ ކާމިޔާބީތައް ވެސް ހޯދަމުންނެވެ.