Last Updated: July 27, 14:13
Saturday, July 27, 2024
ދުނިޔެ

ޓްވިޓާގެ އާ ސީއީއޯއަކަށް އަންހެނެއް

ޓްވިޓާ އަށް މިހާރު އާ ސީއީއޯއަކު ހޯދާފައިވާ ކަމަށާއި އެއީ އަންހެނެއް ކަމަށް އޭގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ހަފުތާގެ ތެރޭގައި އާ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެއީ ކާކު ކަމެއް ހާމައެއް ނުކުރައްވަ އެވެ. ދެން އަމިއްލަ އަށް ހުންނަވާނީ ޓްވިޓާގެ އެކްޒެކެޓިވް ޗެއާގެ އިތުރުން ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ގެ މަގާމުގައި ކަމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ވިދާޅުވި އެވެ.

މި އަހަރު ޓްވިޓާ އަށް އާ ސީއީއޯއަކު އައްޔަން ކުރައްވާނެ ކަމަށް އީލޮން އިއުލާން ކުރެއްވީ ސީއީއޯގެ މަގާމުގައި ހުންނެވުމާ މެދު ޓްވިޓާގައި އާންމުންގެ ހިޔާލު ވެސް ހޯއްދެވުމަށް ފަހު މިދިޔަ އަހަރުގެ ޑިސެ،މްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު 44 ބިލިއަން ޑޮލަރަށް އީލޮން ޓްވިޓާ ބައްލަވައިގަތް އިރު، އޭގެ ސީއީއޯއަކަށް ހުންނެވީ އިންޑިއާ ދަރިކޮޅުގެ މީހެއް ކަމަށްވާ ޕާރަގް އަގަރްވާލެވެ. އޭގެ ކުރިން ޓްވިޓާގެ ސީއީއޯ އަކީ ޖެކް ޑޯޒީ އެވެ.