Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ސަރުކާރުން ދޭ ރުއް 11 ރަށަކަށް

ރާއްޖޭގައި ރުއް އިތުރަށް އާލާކުރަން ބޭރުން ގެނެސްގެން ރުއް އިންދަން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން 11 ރަށަކަށް ރުއް ދޭން ހަމަޖެހިފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.

ރުކަށް ޖެހޭ ބައްޔެއް ކަމަށްވާ، ހުދު ކޫޑި އާއި ކަޅު ކޫޑި އަދި މަޑީގެ ސަބަބުން ރުއްތައް މަދުވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ރާއްޖޭން ބޭރުން 5،000 ރުއް ގެނެސް، ރާއްޖޭގައި އިންދަން ގައުމީ ފެންވަރުގެ މަޝްރޫއެއް މިހާރު ވަނީ ފަށަފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ރުއްތައް އިންދަން ނިންމާފައި ވަނީ 7 އަތޮޅެއްގެ 11 ރަށެއްގަ އެވެ. އެގްރިކަލްޗާ މިނިސްޓްރީން އެގޮތުން އެންމެ ފުރަތަމަ ރުއް އުންދާފައި ވަނީ ހދ. ވައިކަރަދޫގަ އެވެ. އޭގެ ފަހުން ހދ. ނޭކުރެންދޫ، ހއ. އުތީމު
އެ އަތޮޅުގެ ހޯރަފުއްޓާއި ރ. އަތޮޅުގެ ހުޅުދުއްފާރާއި ފައިނުގެ އިތުރުން ނ. ވެލިދު އާއި އެ އަތޮޅު ކެނދިކުޅުދޫގައި ވެސް ރުއް އިންދާފައިވެ އެވެ.

މޯލްޑިވްސް ގްރީން ފަންޑުގެ އެހީގައި ބޭރުން ގެންނަ ރުއްތައް، ދެ އަހަރާއި ބައިގެ ތެރޭގައި ފޯދި، ކުރުނބާ ލިބެން ފަށާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެގްރިކަކްޗަ މިނިސްޓްރީން ބުންޏެވެ. އަދި މިއީ ރާއްޖޭގައި އާއްމުކޮށް ހައްދާ ދެ ވައްތަރެއް ކަމަށްވާ، "ވާފް ކޮކޮނަޓް" ގެ ރުއްތަކެވެ.

ރަށްތަކުގައި މި ރުއްތައް އިންދަން ފެށީ ހދ. ހަނިމާދޫގައި ކަރަންޓީނު ކުރުމަށް ފަހު، ބައްޔެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ. މިނިސްޓްރީން ބުނީ ރުއްތައް ހަދިޔާ ކުރަނީ، ބޮޑު ރުއްގަނޑެއް ހެއްދޭނެ ފަދަ ޖާގަ އޮތް ރަށްރަށެވެ.

އެގްރިކަލްޗަ މިނިސްޓްރީން ރުއް އިންދަން ފެށި ޕްރޮގްރާމަކީ "ރުކުގެ އާ ޖީލެއް" ރާއްޖޭގައި އުފެދޭނެ އެވެ.