Last Updated: April 27, 09:12
Saturday, April 27, 2024
ދުނިޔެ

ގޫގުލް އެކައުންޓަށް އަވަހަށް ލޮގިންވޭ، ގެއްލިދާނެ!

ބޭނުން ނުކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ގޫގުލް އެކައުންޓުތަށް ޑިލީޓް ކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނީގެ ސިޔާސަތުތަަކަށް ގެންނަ ބަދަލަތަށް ހާމަކުރަމުން ގޫގުލް ކުންފުނީގެ ވީޕީ ޕްރޮޑަކްޓް މެނޭޖްމެންޓް ރޫތު ކްރިޗެލީ ވިދާޅުވީ، މި ޑިސެންބަރު މަހުން ފެށިގެން ބޭނުން ނުކޮށް ގިނަ ދުވަސްވާ ގޫގުލް އެކައުންޓުތައް ޑިލީޓް ކުރަން ފަށާނެ ކަމަށެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ ސަބަބުން ގޫގުލް އެކައުންޓާއި ލިންކް ވެފައި ހުރި އީމެއިލްތަކާއި ފޮޓޯތަކާއި ޔޫޓިއުބް ސެޓިން ފަދަ ތަކެތި ގެއްލިގެން ދާނެއެވެ. މި ބަދަލުގެންނަ އިރު ޑިލީޓް ކުރަނީ ވަކި ފަރުދުންގެ އެކައުންޓުތަކެވެ. ކުންފުނިތަކާއި ސްކޫލްތަކުގެ އޯގަނައިޒޭޝަން އެކައުންޓު ޑިލީޓް ނުކުރެެއެވެ.

މިކާމާއި ގުޅޭގޮތުން އޭނާގެ ބްލޮގް ޕޯސްޓުގައި ރޫތު ވިދާޅުވީ، މި ބަދަލު ގެންނަ އެއް ސަބަބަކީ މިފަދަ އެކައުންޓެއް ހެކް ވުމުގެ ފުރުސަތު ބޮޑުވުމެވެ. އަދި ބައެއް ފަހަރު އެއް ޕާސްވޯޑެއް ގިނަ އެކައުންޓުތަކުގައި ބޭނުން ކުރާ މީހުން ތިބޭއިރު އެ ފަދަ ޕާސްވޯޑެއް ލީކް ވެއްޖެނަމަ އެމީހާގެ ޒާތީ ހުރިހާ މަޢުލޫމާތެއް އާންމުވާ ކަމަށެވެ.

ގޫގުލް އިން ބުނީ މި ސިޔާސަތު ތަންފީޒު ކުރާނީ، ފިޔަވަހިތަކަށް ބަަހާލައިގެން ކަމަށެވެ. އެގޮތުން މިފަދަ އެކައުންޓުތަކަށް މެއިލްކޮށް ރިކަވަރީ މެއިލް މެދުވެރިކޮށް ވެސް ވެރިފަރާތައް އެނގޭތޯ މަސައްކަތް ކުރާނެއެވެ.

މިކަމުން ސަލާމަތް ވުމަށް ގޫގުލް އެކައުންޓަަށް ކޮންމެ ދެ އަހަރަކުން ސައިން އިން ކޮށްލުމުން ފުދެއެވެ. އަދި ގޫގުލް ފޮޓޯސް ގެންގުޅުއްވާ ފަރާތްތަކުން އެއަށް ވަކިން ސައިން އިން ކޮށްލަންވީއެވެ.