Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

އޭއީއެޗްގެ ފުރަތަމަ ދިވެހި ފިރިހެން ނަރުހަކަށް އިނާސް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމާއި ފުރަތަމަ ފަހަރަށް ދިވެހި ފިރިހެން ނަރުހަކު ގުޅިއްޖެއެވެ.

އެހޮސްޕިޓަލަށް ރެޖިސްޓަރޑް ނާސްއެއްގެ ގޮތުގައި ގުޅިފައިވަނީ ގއ. ކަނޑުހުޅުދޫއަށް ނިސްބަތް އިނާސް ރަޝީދުއެވެ. އޭނާ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުގައި އަދި ރާއްޖޭގެ ބައެއް ރިސޯޓް ތަކުގައި ނަރުހެެއްގެ ގޮތުގައި ވަނީ މަސައްކަތް ކޮށްފައެވެ.

އިނާސް އޭއިޗްގެ ނަރުހުންގެ ޓީމާއި ގުޅުނުއިރު 2018 އިން ފެށިގެން އޭނާ ދަނީ މިދާއިރާގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން އޭނާ ވަނީ އެޑްވާންސް ޑިޕްލޮމާ އިން ނާސިންގް ފުރިހަމަކޮށްފައެވެ.

އޭއީއެޗްގެ ޓީމާއި އޭނާ ގުޅުމުން، އެހޮސްޕިޓަލުން އޭނާއަށް ވަނީ މަރުހަބާ ކިޔާފައެވެ. އަދި މިއީ ފިރިހެނުން ނަރުސްކަމުގެ ދާއިރާއާއި ދުރުބައެއްގެ ގޮތުގައި ޤަބޫލުކުރެވިފައި އޮތް އޮތުމަށް ހެޔޮބަދަލެއް ގެނުވާނެ ކަމެއްގެ ގޮތުގައި އޭއީއެޗްއިން ސިފަކުރުއެވެ.

އޭއީއެޗް އަދި އައްޑޫގެ ސިއްޙީ މަރުކަޒުތައް ހިމެނޭހެން އައްޑޫގައި ބިދޭސީ 10 ފިރިހެން ނަރުހުން ތިބެއެވެ. އެއީ އޭއީއެޗްގައި 9 ބިދޭސީ ފިރިހެން ނަރުހުން އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އެކެކެވެ. މިއާއެކު އައްޑޫ ހޮސްޕިޓަލުގައި ތިބި ފިރިހެން ނަރުހުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.