Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރަނީ

ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި "ދިއްދޫ އިސްލާމިކް ސެންޓަރު" އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ.

ދިއްދޫ އިސްލާމިކް އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މި ސެންޓަރުގައި އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ އިރު، 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެ އެވެ. އަދި އިދާރީ އޮފީހަކާއި، ލައިބްރަރީ އަކާއި 4 ކްލާސް ރޫމް އަދި ދެ ސެމިނާ ރޫމާއި ޕޭންޓްރީއެއް ހުންނާނެ އެވެ. މުޅި މިސްކިތް އޭސީކޮށްފައި ހުންނައިރު ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.